ސްޓޮކް އެކްސްޗޭންޖް

ހިއްސާގެ ބާޒާރުގެ މާކެޓު ކެޕިޓަލައިޒޭޝަން 18 ބިލިއަނުން މަތީގަ

Sep 14, 2021

ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މާކެޓު ކެޕިޓަލައިޒޭޝަން ނުވަތަ ހިއްސާގެ ބާޒާރުގެ އަގު 18 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވްެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހަދާފައިވާ 2021 އިން 2023 އަށް ހަދާފައިވާ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ގޮތުން ކުންފުނިތަކުން ހިއްސާ ވިއްކުމަށް ކުރިއަށް ގެންދިޔަ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ތަކާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ އަދަދު ވަނީ 42,000 އަށް އަރާފަ އެވެ.

ސީއެމްޑީއޭގެ މި ޕްލޭންގައިވާ ގޮތުން ރާއްޖޭގެ 19 އަތޮޅަކަށް ނިސްބަތްވާ މީހުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެބަތިއްބެވެ. އަދި މި ހުރިހާ ފަރާތްތަކާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މާކެޓު ކެޕިޓަލައިޒޭޝަން 18 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން މަނިކު ވިދާޅުވެފައިވާ ގޮތުން ރާއްޖޭގެ ހިއްސާގެ ބާޒާރު ޒަމާނީ ބަދަލުތައް ގެނެސް ޑިޖިޓަލައިޒް ކުރުމަށް ބޭނުން ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ރަސްމީކޮށް އުފެދިފައިވަނީ 2006 ގަ އެވެ. ނަމަވެސް ހިއްސާގެ ބާޒާރުގެ ނުރަސްމީ ގޮތެއްގައި ނަމަވެސް 1980 ގައި އޮތީ އުފެދިފަ އެވެ. އެއީ އެމްޓީސީސީ އިން ހިއްސާ ވިއްކި ހިސާބުން ފެށިގެންނެވެ. މިހާރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 11 ކުންފުންޏެއް ލިސްޓް ކޮށްފައިވެ އެވެ.