އުރީދޫ

އުރީދޫ: އާމްދަނީއަށް 423 މިލިއަން، ފައިދާއަކީ 97 މިލިއަން

އުރީދޫގެ ޕާޓްނާޝިޕް ފިހާރައެއް: އެ ކުންފުންޏަށް މޮބައިލުން އާމްދަނީގެ ގޮތުގައި 320 މިލިއަން ލިބުނު-- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
0%
0%

އުރީދޫ މޯލްޑިވްސް އަށް ނިމިދިޔަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 423 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ވަތަނިއްޔާ އިންޓަނޭޝަނަލް އާއި ޕެންޝަން ފަންޑު އަދި އާއްމުންގެ ހިއްސާ އޮންނަ އުރީދޫ މޯލްޑިވްސްގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީއަށް 423 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 447 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޖުމްލަ އާމްދަނީ ބެހިފައިވާ ގޮތް

  • މޮބައިލް އާމްދަނީ (ފުރަތަމަ ކުއާޓަރު: 344 މިލިއަން، ދެވަނަ ކުއާޓަރު: 320)
  • މޮބައިލް ބްރޯޑް ބޭންޑް އަދި ފިކްސް (ފުރަތަމަ ކުއާޓަރު: 96 މިލިއަން، ދެވަނަ ކުއާޓަރު: 102)

ސާފު ފައިދާ 20 ޕަސެންޓް ދަށް

އުރީދޫގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުގެ ކުރީގައި އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 142 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 115 މިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 122 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ނިމިދިޔަ ކުއާޓަރުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާ އެވެ. މިއީ 20 ޕަސެންޓް ދަށްވުމެކެވެ.

ނިމިދިޔަ ކުއާޓަރުގައި އެ ކުންފުނިން އިންކަމް ޓެކުހުގެ ގޮތުގައި 17 މިލިއަން ރުފިޔާ ދެއްކި އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންކަމް ޓެކުހަށް ދެއްކީ 20 މިލިއަން ރުފިޔާ އެވެ. މި ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަކީ 3.5 ބިލިއަން ރުފިޔާގެ އެސެޓްހުރި ކުންފުންޏެކެވެ.

އުރީދޫ މޯލްޑިވްސްއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އާއި ފެންޝަން ފަންޑުގެ 5.65 ޕަސެންޓް ހިއްސާ އަދި އާއްމުންގެ 3.86 ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ. މި ހިއްސާގެ އަގު 147 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910