އަލިފާން

ގޭސް ފުޅިއެއް ގުޅަން އުޅެނިކޮށް އަލިފާން ރޯވެއްޖެ

Oct 20, 2019

މާލޭގެ ހޮޓަލެއްގެ ބަދިގޭގައި ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ގޭސް ލީކްވެގެން ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ "ގްރީން މޫންކެފޭ" ގެ ނަމުގައި ޗާންދަނީ މަގުގައި ހިންގައި ސައި ހޮޓަލެއްގެ ބަދިގޭގަ އެވެ. އެތާނގެ ބައެއް ތަކެއްޗަށް ގެއްލުންވި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު އެ ހޮޓަލުގެ ބަދިގޭގައި އަލިފާން ރޯވެފައިވަނީ ގޭސްފުޅި ގުޅަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ބަދިގޭގައި ރޯވީ ޕެންޝަން އޮފީހުގެ މުވައްޒިފުންނަށް އަމާޒު ކޮށް އެ ސަރަަހައްދުގައި ފަޔާ ޑްރިލްއެއް ކުރިޔަށް ގެންދަނިކޮށް ކަމަށެވެ.

އެހެންވެ އަލިފާނުގެ އެ ހާދިސާ ހިނގި ވަގުތު ސިފައިން ވަދެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ދާދި ފަހުުން މާލޭގައި ވަނީ އަލިފާނުގެ ނުރައްކާތެރި ބޮޑު ދެ ހާދިސާއެއް ހިނގާފަ އެވެ. އޭގެ އެއް ހާދިސާއެއްގައި އެކަކު މަރުވި އިރު 700 އެއްހާ މީހުން ހާލުގައި ޖެހުނެވެ. ދެވަނަ ހާދިސާގައި ބަޔަކު ފިހި، ބޮޑެތި މާލ،ީ ގެއްލުން ލިބުނެވެ.