ބޮޑު މަރާމާތަކަށްފަހު ބ. ދިގުފަރު ރިސޯޓް އެންޑް ސްޕާ އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
މިދިޔަ އަހަރު ބަންދުކުރި ދިގުފަރު ރިސޯޓު އަލުން ހުޅުވާއިރު، ކޮޓަރިތަކާއި މޫދު ވިލާތައް އަދި މޫދު ކޮޓަރިތަކަށް ބޮޑު ބަދަލެއް ފެނިގެން ދާނެ އެވެ.
ދިގުފަރު ރިސޯޓުގެ ސައިޓުގައި އެ ރިސޯޓު، 1 ޖޫން 2020 ގައި ހުޅުވާނެކަން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.
ދިގުފަރު ރިސޯޓަކީ 2016 ވަނަ އަހަރު 40 ކޮޓަރިއާއެކު ހުޅުވި ތަނެކެވެ. އެ ރިސޯޓުގައި 30 ބީޗް ވިލާ އާއި 10 ސެމީ ވޯޓާވިލާ ހުރެ އެވެ. އާ ބަދަލާއެކު މޫދު ކޮޓަރިތަކާއި ވޯޓާވިލާތައް ވެސް އިތުރު ވެގެންދާނެ އެވެ.
ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. ބަޔޮސްފިޔާ ރިޒާވްގައި ހިންގާ ދިގުފަރު ރިސޯޓަށް މޫދަށް ޖައްސާ ސީޕްލޭންގައި 40 މިނެޓުން ދެވެ އެވެ.