ހަބަރު

ބިދޭސީ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

Oct 23, 2019
1

ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކަމަށެވެ. އަދި އެ މައްސަލަ ފެމެލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުޑަ ކުދިންނާ ބެހޭ މިފަދަ މައްސަލައެއް ކަމަށްވާތީ އެކަން ހިނގި ރަށާއި އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރެ އެވެ.