ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު ހާމަކޮށް ހޯދަން އިއުލާންކޮށްފައިވަނީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، ޝާދީވިލާ، ނޫހް މުހައްމަދު ނައީމް (35އ) އެވެ.

ފުލުހުން ބުނީ ނޫހް އަކީ ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ނޫހް ހާޒިރުކުރަން ބޭނުންވި ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެހެންވެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ލަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ފުލުހުން ވަނީ ނޫހް އަށް އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ.