ފުލިދޫ

ފުލިދޫގައި އިހާނެތިކޮށް ހިތީ އިބްތިހާލްގެ ކޮއްކޮއަކަށް

Oct 25, 2019
3
ވ. ފުލިދޫ ސްކޫލު
14.3%
28.6%
57.1%

ވ. ފުލިދޫ ސްކޫލުގައި ޓީޗަރަކު އިހާނެތިކޮށް ހިތާފައި ވަނީ އެ އަތޮޅު ރަކީދޫގައި އަނިޔާވެރިކޮށް މަރާލި މުހައްމަދު އިބްތިހާލްގެ ކޮއްކޮއަކަށް ކަން އެނގިއްޖެ އެވެ.

ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލުގެ ޕްރީސްކޫލް ޓީޗަރެއް އެ ސްކޫލުގެ ކުއްޖަކަށް އިހާނެތިކޮށް އަމަލު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.

އެކަމާބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި މައްސަލާގައި އިހާނެތިކޮށް ހިތާފައި ވަނީ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު ފުލިދޫ މީހަކާ އިނދެގެން ލިބުނު ދެ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް ކަމަށެވެ. އެ ކުއްޖާއަކީ ނުކުޅެދުންތެރި ކަމެއް ހުންނަ ކުއްޖެކެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުން އެ ކުޑަ ކުއްޖާ މަޑުކޮށްގެން ހުންނަ ލައިނުގައި ހުއްޓާ ޓީޗަރު އެއްޗެހި ކިޔާ ނުރުހުމާއެކު މޫނުގައި އަތުން ޖަހާ ކޮށްޕާލަ އެވެ. އިތުރު ޓީޗަރެއް ވެސް އެ ކުއްޖާ އަތުގައި ހިފައިގެން ހުންނަތަން ފެނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޣާނިމް

ތިވަރު މީހުން ޓީޗަރަކަށް ނުވިއްޔާ ރަނގަޅުވާނީ!!

ޙައްގު ތެދު

ޢާނ އެކުއްޖާ އަކީ އިބްތިހާލްގެ ކޮއްކޮ، އޭނަބަލަނީ އޭނަގެ މާމަ އޭނަ ގޭތެރޭގައި ހުންނަނީ ކޮއްޓަކަށްލާ ތަޅުލާފަ، އޭނަ މާމަވެސް ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް، ބައެއް ދުވަސް ދުވަހު އޭނަ ހުންނާނެ ގޭތެރޭގައި އައްސާފަވެސް، އޭނަގެ ބައްޕަ އަކީ ރަށުގަ އުޅޭ މީހެއް ނޫން، އޭނަގެ މާމަ އޭނަ އަދި އޭނަގެ ދައްތަ އީރާ އައް އަށް އަނިޔާކުރީމަ ރޯ އަޑު އިވޭނެ ރަށު ކައުންސިލް އާއި ހަމަޔަށް، އެކަމު މައްސަލަ ޖައްސާނެ މީހަކު ނެތް

ސުހާ

މަޑުކޮށްލައިގެންތިބެމާ؟ ދެން ފަހުން ސޯޝަލްމީޑިޔާގަ ދެރަވެގެން ލިޔާނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345