އެމްއެންޑީއެފް

ބޮޑު ދިދަ ބޭލީ ދަނޑީގައި ދަވާދުލާން

ޖުމްހޫރީ މައިދާނުގެ އުސް ކޯއްޓޭއަށް ނަގާފައިވާ ގައުމީ ބޮޑު ދިދަ ބާލާފައި ވަނީ ދިދަ ދަނޑީގައި ދަވާދުލާން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކޯއްޓޭއަށް ނަގާފައިވާ ގައުމީ ބޮޑު ނެތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެވާކަ ދައްކަމުންނެވެ. އެމްއެންޑީއެފުން ބުނީ ބޮޑު ދިދަ ބާލާފައިވަނީ ދިދަ ދަނޑީގެ ދަވާދު އާ ކުރަން ކަމަށެވެ.

ދަނޑީގެ ދަވާދު އާ ކުރީ ގައުމީ ދުވަހުހެ އިހްތިފާލުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"ދަވާދު ހިކުމާއެކު އަލުން ދިދަ ނަގާނެ." އާޒިމް ވިދާޅުވިއެވެ.

ބޮޑުދިދަ ބޭލިފަހުން މިހާރު ވަނީ ތިން ގަޑިއިރު ވެފައެވެ. ކޯއްޓޭއަށް ބޮޑުދިދަ އެރުވުމުގެ ރަސްމިއްޔާތަށް ދިދަ ބޭލުން ފިޔަވައި މީގެ ކުރިން ބޮޑު ދިދަ ނެތި މިހާ ގިނަ ވަގުތުތަކެއް ހޭދަވެފައެއް ނުވެއެވެ.

ރައީސް މައުމޫންގެ ދައުރުގައި ޖުމްހޫރީ މައިދާނަށް ނެގި ބޮޑު ދިދަ ވެފައި ވަނީ ރާއްޖޭގައި ހައިބަތާއި ސިޔާދަތީ ރަމްޒަކަށެވެ.