އެމްއެންޑީއެފް

ޑްރެޖާއެއްގެ ދަގަނޑު ހޮޅިއެއް ބޮޔާއެކު އޮޔާދާތީ ސަމާލުވާން އެދިއްޖެ

Oct 28, 2019
1

ވެލިނަގަން ބޭނުންކުރާ ޑްރެޖާއެއްގެ ދަގަނޑު ހޮޅިއެއް ބޮޔާއެކު ފެންމަތިން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އއ. ބަތޮލާގެ އިރުން 3 ނޯޓިކަލް މޭލުބެރުން ވެލިނަގަން ބޭނުންކުރާ ޑްރެޖަރއެއްގެ ދަގަނޑު ހޮޅިއެއް ބޮޔާއެކު ފެންމަތިން އޮޔާދާ ކަމަށެވެ.

މި ހޮޅި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 19:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"މި ހޮޅި އޮޔާ ދަނީ އއ. ބަތޮލާގެ ހުޅަނގު ދެކުނަށް ކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުކަން ދެއްވުން އެދެން. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެވުން އެދެން." އެމްއެންޑީއެފުން ބުނެފައިވެއެވެ.