މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ގަތަރުގެ ފަރާތުން ހުޅުމާލޭގައި އަޅައިދޭނީ ސްޓޭޑިއަމެއްނޫން ކަމަށާއި އެއީ ފުޓްބޯޅަ ދަނޑެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޝަވީދު ވިދާޅުވީ މި ދަނޑަށް ކުޅިބަލަން ވަދެވޭނެ އަދަދެއް ނިންމާނީ ސަރުކާރުން ކަމަށާއި ދަނޑު ސްޓޭޑިއަމަކަށް ބަދަލު ކުރުމަކީ ފަހުގެ މަރުހަލާއެއް ކަމަށެވެ. އަދި އެކަމަށް ސަރުކާރާއެކު ވާހަކަ ދައްކައި ގޮތްތަކެއް ނިންމަންޖެހޭނެ ކަމަށެވެ.
ގަތަރުން ރާއްޖޭގައި ދަނޑެއް އަޅަން މި ނިންމީ މިނިވަން50ގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމުން ވިނަގަނޑު މަރުވެ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުމުން ސީދާ ޝަވީދުގެ އެދިލެއްވުމަކަށެވެ. މީގެ އިތުރުން ގަލޮޅު ދަނޑުގެ ވިނަގަނޑު ވެސް މިހާރު ރަނގަޅު ކުރަމުންދަނީ ގަތަރުގެ މާހިރުންގެ މަޝްވަރާއާއެކުގަ އެވެ.
ޝަވީދު ވިދާޅުވީ ހުޅުމާލޭ ދަނޑު ނިމުމުން ރާއްޖޭގެ ބައެއް މެޗުތައް އެ ދަނޑަށް ބަދަލު ކުރެވޭނެ ކަމަށެވެ.