އެމްއެންޑީއެފް

ލައިވް ވަޒަން ޖަހާ ހާއްސަ ތަމްރީނުތަކެއް

Oct 29, 2019

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ބުދަ އަދި ބުރާސްފަތި ދުވަހު ގިރިފުށީގައި ކުރިއަށް ގެންދާނެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ދުވަހުގެ އިރުއޮއްސި 6:00 އިން ރޭގަނޑު 9:30 އަށް ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ތަމްރީނުތަކުގައި ބޭނުން ކުރާ ބަޑީގެ ވަޒަން ގިރިފުށީގެ ހުޅަނގު ދެކުނުން 3000 މީޓަރު ދަތުރު ކުރާނެ ކަމަށެވެ.

އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިނަކީ 30 މީޓަރެވެ. ސިފައިންގެ މި ތަމްރީނުތަކުގައި ލައިވް ވަޒަނާއެކު ބަޑި ބޭނުން ކުރާނެ އެވެ،