ޕްރޮމޯޝަން

ރެފް ކޫލްގެ އިޔާ އެންޑް ސޭލް އަންނަ މަހު

ޑިސްކައުންޓަކާއެކު ރެފް ކޫލް ގެ އިޔާ އެންޑް ސޭލް އަންނަ މަހު ފަށާނެ އެވެ.

ރެފް ކޫލް އިލެކްޓްރޯނިކްސްގެ އިޔާ އެންޑް ސޭލް އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާއިރު މި ސޭލްގައި ރެފް ކޫލްގެ ބައެއް ޕްރޮޑަކްޓް ތަކުން 30 ޕަސެންޓު އަގު ހެޔޮ ވާނެ އެވެ.

އެ ކުންފުނީގެ މާކެޓިން އެންޑް ޕީއާރް، އަލްމާ އަފްޒަލް ވިދާޅުވީ އޭގެ ގޭތެރޭގައި ގޭތެރޭގައި ތަފާތު އެކި ބްރޭންޑްތަކުގެ އޭސީ ހިމެނޭ އިރު އެ ޔުނިޓް ތަކުން 30 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

އޭގެ ތެރޭގައި ގްރީ ބްރޭންޑާއި އެލްޖީ، ހައިސެންސް ފަދަ އޭސީތައް ހިމެނެ އެވެ. މި ސޭލް ފަރީދީ މަގުގައި ހުންނަ ރެފްކޫލް އެލެކްޓްރޯނިކްސް އާއި ރެފް ކޫލްގެ ރީޓެއިލް ފިހާރަތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ރެފް ކޫލް އިން ވަނީ މީޑިއާނެޓާ ގުޅިގެން ޓީވީ ބަންޑްލް ސޭލް ޕްރޮމޯޝަން އެއް ވެސް ފަށަން ނިންމާފަ އެވެ. މި ޕްރޮމޯޝަން ގައި ރެފްކޫލްގެ ހޯމް އެޕްލަޔަންސް ފިހާރައިން ވިއްކާ 4K ޔޫއެޗްޑީ ޓީވީ ގަންނަ ފަރާތްތަކަށް މީޑިއާނެޓް ސެޓް ޓޮޕް ބޮކްސް އެއް ޑިސްކައުންޓާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އިޔާ އެންޑް ސޭލް ކުރިއަށްދަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރެފް ކޫލް އިންވެސްޓްމަންޓުގެ ދަށުން ހިންގާ ރެފް ކޫލް އިލެކްޓްރޯނިކްސް ހުޅުވީ މިދިޔަ އަހަަރު ނޮވެމްބަރު މަހު އެވެ. ގޭތެރޭގެ ސާމާނާއި އޭސީ ތަކަށް ހާއްސަ ކޮށް މި ފިހާރައިން ތަކެތި ވިއްކާއިރު ރެފް ކޫލް އަކީ އެލްޖީ އާއި ހައިސެންސް ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި ގްރީ ބްރޭންޑުގެ އޭސީ ރާއްޖޭގައި ހަމައެކަނި ވިއްކާ ކުންފުންޏެވެ.