ބުރެޝާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިޓާލިއަން ލީގްގެ ތާވަލުގެ އެއް ވަނައަށް އިންޓަ މިލާން ޖެހި ލައިފި އެވެ.
ބުރެޝާގެ ދަނޑުގައި ކުޅުނު މެޗުގައި، އިންޓަގެ ލަނޑުތައް ކާމިޔާބު ކުރީ ލާޓޫރޯ މާޓިނޭޒް އާއި ރޮމެލޫ ލޫކާކޫ އެވެ. ލާޓޫރޯގެ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުން އޭނާ ބޯޅަ ފޮނުވާލީ ބުރެޝާގެ ކުޅުންތެރިޔެއްގެ ގައިގައި ޖައްސާލުމަށް ފަހު އެވެ.
ބުރެޝާގެގެ މެޗުގައި އެ ޓީމުގެ އެންމެ މުހިންމު ތަރިއަކަށް ވާނެ ކަމަށް ބެލެވުނީ ކުރިން އިންޓައަށް ކުޅުނު މާރިއޯ ބަލެޓޮލީ އެވެ. ބަލެޓޮލީގެ ހޯމް ޓައުންގެ ކުލަބުގައި އޭނާ އަށް އިންޓަ އާ ދެކޮޅަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ލަނޑު ޖާހާނެ ފުރުސަތެއް އޭނާ އަށް ލިބުނު ނަމަވެސް އިންޓަގެ ކީޕަރު ސަމިއާ ހެންޑޮނަވިޗް ވަނީ ދިފާއު ކޮށްފަ އެވެ.
އިންޓަގެ ދެ ވަނަ ލަނޑު 63 ވަނަ މިނެޓްގައި ލުކާކޫ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ބުރެޝާގެ ލަނޑަކީ އިންޓަގެ މިލާން ސްކްރުނިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ބުރެޝާއިން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ސްކްރުނިއާ ދިފާއު ކުރި ބޯޅަ ގޮސް ވަނީ އަމިއްލަ ޓީމުގެ ގޯލަށެވެ.