ކަޝްމީރުގެ މައްސަލަ

ކަޝްމީރުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދެއް

ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމުން އެކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ގައުމުތަކުން ބުނުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓް މެމްބަރުންގެ ވަފްދެއް ކަޝްމީރަށް ޒިޔާރަތް ކޮށްފި އެވެ.

ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް އުވާލާފައިވަނީ މިދިޔަ އޮގަސްޓު މަހު އެވެ. އެ މުއްދަތުން ފެށިގެން މިމަހުގެ ނިޔަލަށް 40 ހަމަނުޖެހުމެއް ވަނީ ހިންގާފަ އެވެ. މި ހަމަނުޖެހުންތަށް ހިނގާފައިވަނީ ސުލްހަވެރިކޮށް ކުރަމުންދިޔަ މުޒާހަރާތަށް ރޫޅާލުމަށް ސިފައިން ބާރުގެ ނުފޫޒުން ބޭނުންކޮށް، ލާ އިންސާނީ އަނިޔާ ކުރަން ފެށުމުންނެވެ.

މިއީ ބޭރުގެ ވަފުދެއް މި ފަބހުން ހާލަތު ބެލުމުގެ ގޮތުން ކަޝްމީރަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ. މިހާރު ވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ދާން ބޭނުން ކުރާ މަގުތަށް ސިފައިން ދަނީ ބަލަހައްޓަމުންނެވެ. ކަޝްމީރު މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަ އދ އިންނާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. ކަޝްމީރުގެ މައްސަލައިގައި އެންމެ ބޮޑަށް ވަކާލާތުކުރީ ޕާކިސްތާނާއި މެދު އިންޑިއާއިން ދެކޭގޮތް ބަދަލުވެ، ހަނގުރާމައަކަށް ދާން ޖެހޭފަދަ މޭރުމަކުން ބަސްމަގު ބަދަލުކޮށް، އަމަލުތަށް ވަނީ ބަހައްޓާފަ އެވެ.

އީޔޫން ކަޝްމީރަށް ޒިޔާރަތް މިކުރީ، މިދިޔަ ހޯމަ ދުވަހު ހަ ޓްރަކް ޑްރައިވަރަކު ބަޑި ޖަހައި މަރާލާފައި ވަނިކޮށެވެ. މި އެންމެނަކީ ވެސް ކަޝްމީރަށް ނިސްބަތްވާ މުސްލިމުންނެވެ. މީގެ އިތުރުން މީހުން އެއްވާ ސަރަހައްދުތަށް ހޭންޑް ގްރިނޭޑަރުގެ ހަމަލާތަކެއް ވެސް ދީފައި ވަނިކޮށެވެ.