ރާއްޖެ ކުޅިވަރު

ބަކާގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް

އައިއެފްސީ އިން 2004 ވަނަ އަަހަރު ކެރިއަރު ފެށި ބަކާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ފާހަަގަކޮށްލެވޭ ހޯލްޑިން މިޑްފީލްޑަރެކެެވެ. ބަކާ އަކީ އޭނާ ކުޅޭ ކޮންމެ ކްލަބަކަށް އަދި ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ފާއިތުވި ދެ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ބަކާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އާއި ވިކްޓަރީ އަދި ކްލަބް އީގަލްސް އަށް ކުޅެފަ އެވެ. ރާއްޖޭގެ ކްލަބު ފެންވަރުގައި ބަކާ އަށް ވަނީ ގިނަ ކާމިޔާބީތަކެއް ލިބިފަ އެވެ.

ދަގަނޑޭއާއެކު 2007 ވަނަ އަހަރުގެ ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ ބުރުނާއީގެ ޑީޕީއެމްއެމް އަށް މެލޭޝިއާ ލީގުގައި ކުޅެފަ އެވެ.