އައްޑޫ ސިޓީ

އައްޑޫން ޓޫރިޒަމަށް ބިން ދޫކުރަން ހުޅުވާލައިފި

Oct 31, 2019
7

އައްޑޫގައި ޓޫރިޒަމް ފުޅާ ކުރަން ދޫކުރާ ބިން ތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ.

އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީ ކުރަން ބިން ހޯދަން ޝައުގުވެރިވާ، ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ބުނީ އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ.

ހުޅުވާލާފައިވާ ރަށްރަށް

  • ހިތަދޫ ޓޫރިޒަމް ޒޯން (30 ޕްލޮޓް)
  • ފޭދޫ، ދިގިހެރަ ޓޫރިޒަމް ޒޯން (24 ޕްލޮޓް)
  • މަރަދޫ، ވެންބޮޅަފުށި ޓޫރިޒަމް ޒޯން (އެއް ޕްލޮޓް)
  • ހުޅުދޫ، މާފިށި ޓޫރިޒަމް ޒޯން (25 ޕްލޮޓް)
  • މީދޫ، މުލިމަތި ޓޫރިޒަމް ޒޯން (16 ޕްލޮޓް)

އައްޑޫގައި ރަށު ޓޫރިޒަމް ފުޅާ ކުރަން 4،000 އެނދު ތަރައްގީ ކުރަން އައްޑޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ މަހު އެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނާނެ އެވެ.