ފިލިޕީންސާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން އެފްއޭއެމުން ނިންމައިފި އެވެ.
މި މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު އަށެއްގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސެޕްޓެމްބަރު ތިނެއްގައި ކުޅޭ މެޗެކެވެ.
މި މެޗު ޕިލިޕީންސްގައި ކުޅެން ނިންމީ ގަލޮޅުދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީ އެވެ. އަދި ޕިލިޕީންސަކީ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އެ ގައުމުގައި ކުޅެން ޗައިނާއިން އެއްބަސްނުވާނަމަ މެޗު ބާއްވައިދޭނެ ކަމުގެ ޔަގީންކަން އެފްއޭއެމަށް ދީފައިވާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ޕިލިޕީންސްއާ ދެކޮޅަސް ރާއްޖެ އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ގައުމީ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.