މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނަ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ލިބިއްޖެ އެވެ.
އެސްޓީއޯއިން މަކިޓާ ހެއްޔާ ޕްރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މުބާރާތުގައި ބައިވެރިކުރި ވީޑިއޯތަކުން
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގައި ޖަޖުންގެ 50 އިންސައްތަ އަދި އާންމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު 50 އިންސައްތަ މާކްސް ދީފައިވެއެވެ. މުބާރާތަށް އިންސާފުކޮށްފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރު އެންޑް ހެރިޓޭޖްގެ މެނޭޖަރު އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދެވެ.

މުބާރާތުން އެއްވަނައަށް ހޮވިފައިވާ މާޒް ސަލީމަށް އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ވަނީ ދީފައެވެ.
އެސްޓީއޯ ބުނީ އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އެސްޓީއޯއިން މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ލިބޭ ގޮތަކަށެވެ.