ވިޔަފާރި

ގެޓްސެޓް ލޯނު ލިބުނު ފަރާތްތަކަށް ވިޔަފާރީގެ ތަމްރީންތައް ބާއްވައިފި

Aug 16, 2015

ޒުވާނުން ވިޔަފާރިވެރިން އުފެއްދުމުގެ ގޮތުން އަލަށް ފެށި "ގެޓްސެޓް" ލޯނު ލިބުނު ފަރާތްތަކަށް ވިޔަފާރީގެ ތަމްރީން ދިނުމަށް ފެށި، ޕްރޮގްރާމުގެ ފުރަތަމަ ބެޗު ތަމްރީން ކޮށްފި އެވެ.

"މި ޕްރޮސެސް 3-6 މަހާއި ދެމެދުގެ އަދަދަކަށް ކުރިއަށް ދާނެ. މި ޕްރޮސެސްގެ ތެރޭގައި ވިޔަފާރިއެއް ފެށުމާއި ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ތަމްރީން ތަކެއް ދޭނެ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންކިއުބޭޝަން ޕްރޮސެސްގައި ގެޓްސެޓް ލޯނަށް ޕްރޮޕޯސަލް ހުށަހެޅި ކޮންމެ ފަރާތަކަށް "މެންޓާ" އެއް ހުންނާނެ ކަމަށެވެ.

"ކޮންމެ ފަރާތަކަށް ކަނޑައެޅި މެންޓާގެ އެހީގައި އެ ފަރާތަކުން ހުށަހެޅި ޕްރޮޕޯސަލަކަށް ބޭނުންވާ މައުލޫމާތު ދެވޭނެ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެޓްސެޓް ލޯނަށް ތަފާތު މޮޅު ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ކަމަށެވެ.

"ވަރަށް ތަފާތު ޕްރޮޕޯސަލްތައް އެބަހުރި. މީގެ ތެރޭގައި އެބަހުރި މިއުޒިކް ސްކޫލާއި ތަފާތު ޓްރެއިނިން ސެންޓަރުތައް ހަދަން ހުށަހަޅާފައި ހުރި ޕްރޮޕޯސަލްތައް،" ފިރުޝާން ވިދާޅުވި އެވެ.

ގެޓް-ސެޓް ލޯނުގެ ފުރަތަމަ ބުރުގައި 72 ފަރާތްތަކަށް 25 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މި ލޯނު ސްކީމަކީ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާގެ އެވެ. މި ސްކީމުގެ ދަށުން މި އަހަރަށް 40 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރަހުނަކާއި ނުލައި ނެތި މި ސްކީމުން ތިން ލައްކަ ރުފިޔާ އާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ.