ހަބަރު

ދެ މީހުނާއެކު ދޯންޏެއް ބަންޑުން ޖަހާލައިފި

Nov 1, 2019

ދެ ދިވެހިންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. ބަންޑުން ޖަހާލި އިރު ދޯނީގައި ތިބި ދެ މީހުން ސަލާމަތުން ތިއްބާ ސިފައިން ވަނީ ސަލާމަތް ކޮށްފަ އެވެ.

ސިފައިން ބުނީ މުދާ އުފުލާ ދޯނި "އިބާ" ބަންޑުން ޖަހާލާފައި ވަނީ ގދ. ހައޮޑިގަލާ ކައިރިން ކަމަށެވެ. މިރޭ 10:21 ގައި ހިނގި އެ ހާދިސާއަށް ފަހު އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މި ހާދިސާ ހިނގި އިރު ރާޢްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވެ ރަނގަޅަށް މޫސުމުގެ މައުލޫމާތު ހޯދައިގެން ނޫނީ ދަތުރަށް ނާރަން އޮތީ އިލްތިމާސްކޮށްފަ އެވެ.