އިބްރާހިމް ޝުޖާއު

މެންބަރު ޝުޖާއު 8 މިލިއަނަށް ހުޅުމާލޭން ބިމެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، 8 މިލިއަން ރުފިޔާއަށް ހުޅުމާލެ އިން ބިމެއް ބައްލަވައިގެންފި އެވެ.

މެންބަރު ޝުޖާއު ހުޅުމާލެ އިން ބައްލަވައިގަތީ 2،196 އަކަފޫޓުގެ ބިމެކެވެ.

މި ބިމުގެ އަގަށްވާ 8،785،480 ރުފިޔާ އެޗްޑީސީއަށް ދައްކައި ޝުޖާއު މިހާރު ވަނީ ކޯޓު މެދުވެރިކޮށް ބިން މިލްކު ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރަކީ ކުރިންވެސް މަޖިލީހުގެ މެންބަރުކަން ކުރައްވާ އަދި އަމިއްލަ ވިޔަފާރިވެސް ކުރައްވާ ބޭފުޅެކެވެ.

މިހާރުގެ މަޖިލީހަށް ހޮވުމުގެ ކުރިން އެންމެ ފަހުން ޝުޖާއު ހުންނެވީ މާލޭ ސިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައެވެ.

މެންބަރު ޝުޖާއުގެ ބިމުގެ ކަންތައް ސިވިލް ކޯޓުން ނިންމެވީ އެ ކޯޓުގެ ގާޒީ ސިނާން އަލީ އެވެ.