އެމްއެމްޕީއާރްސީ

ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގައި ރާއްޖެ އިޝްތިހާރުކޮށްފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް)ގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވެ އެ ގައުމުގައި ރާއްޖެ އިޝްތިހާރުކޮށްފި އެވެ

މި ފެއާގައި އެމްއެމްޕީއާރްސީ ބައިވެރިވީ ވިޒިޓެޑް މޯލްޑިވްސް ޝިއާރުގެ ދަށުންނެވެ.

މިފެއާގައި އެމްއެމްޕީއާރްސީއާ އެކު ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފްދަ މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ޑާކާ ފެއާގައި ރާއްޖެއިން ބައިވެރިވީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި މިފުރުސަތަކީ ލިބިގެންދަ ރަނުގެ ފުރުސަތެއް ކަމަށް ސިފަކޮށްފައިވެ އެވެ.

އެންއެޗްޖީއޭއެމް އިން ބުނި ގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓަކަށް ހެދުމުގެ ފުރުސަތު އެބައޮތެވެ. ބަންގްލަދޭޝްގެ ފަތުރުވެރިންނަށް ރާއްޖެ ރަނގަޅަށް އިޝްތިހާރު ކުރެވިއްޖެނަމަ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށްވެސް އެންއެޗްޖީއޭއެމް އިން ދެކެ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް 18،843 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ އޭރު 14 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ.