އެމްއެމްޕީއާރްސީ

އިންޑިއަން އޯޝަންގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024ގެ އެވޯޑު ލިބުނު ޖޯލި ބީންގް ރިސޯޓު
0%
0%
0%

އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024 އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ 10ވަނަ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ އެވޯޑް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މި އެވޯޑަށް ދިވެހިރާއްޖޭގެ އިތުރަށް މޮރިިޝަސްއާއި ސީޝެލްސް ވެސް ނޮމިނޭޓްވެފައިވެ އެވެ.

މި އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވެސް ވަނީ އެވޯޑުތަކެއް ލިބިފަ އެވެ. އެއީ ޖޯލި ބީންގް ރިސޯޓަށް ލިބިފައިވާ މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024ގެ އެވޯޑާއި ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުއްޓަށް ލިބުނު މޯލްޑިވްސް ބެސްޓް ރިސޯޓް ސްޕާ 2024ގެ އެވޯޑެވެ.

މި އެވޯޑުތަކަކީ ފަތުރުވެރިންގެ ވޯޓާއެކު ފަތުރުވެރިންގެ ތެރޭގައި އެންމެ މަގުބޫލު މަންޒިލުތަކަށް ލިބޭ އެވޯޑުތަކެކެވެ. މީގެ ސަބަބުން ސްޕާ އަދި ވެލްނެސް ދާއިރާއިން ރާއްޖެއަށް އިތުރު ޝަރަފެއް ލިބިގެންދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910