އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށް ޑރ. ޔާސިރް ގާދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ޑރ. ޔާސިރް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހު އެވެ. އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި އިމާމުވެ އޭނާ ޚުތުބާ ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. ޔާސިރަކީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. ޝަހީމް މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މިއަހަރު ދީނީ ދަރުސް ދިނުމަށް ގިނައިން ގެންނާނީ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ އިލްމުވެރިން ކަމަށެވެ.
މީގެ އިތުރުން މުސްލިމް ވޯލްޑް ލީގުގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އާދިލް ބިން އަލީ މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.