މޯލްޑިވްސް ޕޮލިސް ސާވިސް

ކާރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކާރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުުހުން ބުނީ ރޭ ފަތިހު ހުޅުމާލޭ ބަސް ޓާމިނަލް ކައިރީގައި ހުރި ޕާކިން ޒޯނުގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިވެއްސެއް ކަމަށް ވެސް ބުންޏެވެ.

މާލޭގައި ޕާކުކޮށްފައި އޮންނަ ޓެކްސީތަކަށް ގެއްލުންދީ އެ ޓެކްސީތަކުން ވައްކަމުން ކުރަމުންދާ މައްސަލަ ވަރަށް އާންމެވެ.

މި ފަހުން ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ ޓެކްސީތަކަށް ވަރަށް ބޮޑެެތި ގެއްލުންތައް ދެމުންދެ އެވެ. އޭގެ ތެރޭގައި ޓެކްސީތަކުގެ ބިއްލޫރިގަނޑު ތަޅާލުމާއި، ދޮރުފަތްތައް ހަލާކު ކޮށްލުން ފަދަ ގެއްލުންތައް ހިމެނެ އެވެ. އަދި ޓެކްސީތަކަށް ގެއްލުން ދިނުމަށްފަހު، ޓެކްސީ ބޯޑާއި ސެޓްފަދަ ތަކެތި ވަގަށް ގެންދެ އެވެ.