ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ އާދީއްތަ ދުވަސް ބަންދު

އަންނަ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އާދީއްތަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަންނަ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދު ކަމަށްވާތީ އާއި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށްވާތީ ކަމަށެވެ.

ރައީސް މި ނިންމެވުން ނިންމެވީ ހޮނިހިރު އަދި ހޯމަ ދުވަހަކީ ރަސްމީ ބަންދު ދެ ދުވަހަށްވެފައި އާދީއްތަ ދުވަސް ރަސްމީ ދުވަހަކަށް ހަދައިފި ނަމަ ރައްޔިތުންނަށް ދިމާވެދާނެ ދަތި ހައްލުކޮށް ދެއްވުމަށް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.