ސްކޫލް

އިއްޒުއްދީނު ސްކޫލްގެ ނަމުގައި އާ ސްކޫލެއް ހުޅުވަނީ

Nov 5, 2019

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އަންނަ އަހަރު "އިއްޒުއްދީން
ސްކޫލް" ގެ ނަމުގައި އާ ސްކޫލެއް މާލޭގައި ހުޅުވަން ސަރުކާރުން ނިންމައފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޒުއްދީން ސްކޫލް ހުޅުވާނީ ކުރިން މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި ކަމަށާއި އެއީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ ސްކޫލެއް ނަމަވެސް ސިންގަލް ސެޝަން ސްކޫލެއްގެ ގޮތުގައި ހިންގާނެ އެ ސްކޫލް ފަށާއިރު ކިޔަވައިދޭނީ ގްރޭޑް 1 ން 6 އަށް ކަމަށެވެ

އެއީ ގްރޭޑް 1 އިން 4 އަށް ކޮންމެ ގްރޭޑެއްގައި 3 ކްލާހާއި އަދި ގްރޭޑް 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި ދެ ކްލާހެވެ. އެއިން ކޮންމެ ކްލާހެއްގައި ގިނަ ވެގެން ހިމަނާނީ 25 ކުދިންގެ ޖާގަ އެވެ.

އިއްޒުއްދީނު ސްކޫލްގައި ގްރޭޑް 7 އިން ފެށިގެން 10 ހަމައަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގްރޭޑެއް އިތުރުކުރާ ގޮތަށެވެ.

އެޑިއުކޭޝަނުން ބުނީ އާ ސްކޫލަށް ކުދިން ސްކޫލަށް ވެއްދުމުގައި އަމަލު ކުރާނީ މާލެ ސިޓީގެ އެހެން ސްކޫލްތަކަށް ވެސް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލުން ކަމަށެވެ އަދި އެ ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެޑިޔުކޭޝަނަށް ސިޓީ ހުށައަޅަން އެދޭ ކަމަށާއި ޖާގަ ދިނުމުގައި އިސްކަ ދެނީ ސިޓީ ހުށައަޅާ ތަރުތީބުން ކަމަށެވެ.