މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޭލެވެލް ޓޮޕްޓެން ޖަލްސާ 17 ގައި

އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މި މަހުގެ 17 ގައި ބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އޭލެވެލް އިމްތިހާނުގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައި ވެއެވެ.

ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް އެޑިއުކޭޝަނުން އެވޯޑް ދެއެވެ. ނަމަވެސް ކޮވިޑާއ ގުޅިގެން 2019 ވަނަ އަހަރުގެ ޖަލްސާ ނުބޭއްވެ އެވެ.

އެޑިއުކޭޝަނުން ކުރިން ނިންމީ އޯލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާއެއް ބޭއްވުމަށެވެ.