ވިޔަފާރި

ޑްރީމްސް މޮބައިލުން ސެމްސަންގް ނޯޓް 5، އެސް6 އެޖް ޕްލަސް ރާއްޖޭގެ ބާޒާރަށް ނެރެފި

Aug 17, 2015
1

ޑްރީމްސް މޮބައިލުން ސެމްސަންގް ނޯޓް 5 އަދި އެސް 6 އެޖް ޕްލަސް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޑްރީމްސް މޮބައިލްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ބާޒާރަށް މިއަދު ނެރުނު ސެމްސަންގް ނޯޓް 5، އެސް6 އެޖްއަކީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނުކަމަށާއި، މިއީ ރާއްޖޭގެ ބާޒާރަށް މި ފޯނު ނެރުނު ފުރަތަމަ ފަހަރު ކަމަށެވެ.

"އެހެން ފަރާތެއް މި ފޯނު ރާއްޖޭގެ ބާޒާރަކަށް އަދި ނުނެރޭ. އެހެންވެ މިހާރު މި ލިބެން ހުންނާނީ ޑްރީމްސް މޮބައިލް ފިހާރަ އިން،" އޮފިޝަލް ވިދާޅުވި އެވެ.

ޑްރީމްސް މޮބައިލުން ސެމްސަންގް ނޯޓް 5ގެ ފޯނު ވިއްކަނީ 15،200ރ. އަށެވެ. އަދި އެސް6 އެޖް ވިއްކަނީ 17،000ރ. އަށެވެ.

ޑްރީމް މޮބައިލުން ބުނީ މިއީ ވަރަށް "ހާއްސަ އަގެއް" ކަމަށެވެ.

އެ ފިހާރައިގެ އޮފިޝަލް ވިދާޅުވީ ސެމްސަންގް ނޯޓް 5، އެސް6 އެޖް ނެރުނީ ސަޕްލައިޔަރުންގެ ބޮޑު އެހީތެރިކަމާއެކުގައި ކަމަށެވެ.

ނޯޓް ފަހެއް ޑިސްޕްލޭ ސައިޒް 5.7 އިންޗި

ހަތަރު ޖީބީގެ ރެމެއް އިނދޭ

ފޯނުގެ ކުރިމަތީ ކެމެރާ ފަސް މެގަޕިކްސެލް، ފަހަތުގައި 16 މެގަޕިކްސެލް