ރެޑްވޭވް

ރެޑްވޭވްގެ އަހަރީ ބާޒާރަށް އިތުރު އިނާމުތަކެއް

މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަހަރުގެ ފަހުކޮޅަށް އަމާޒުކޮށް ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ޕްރޮމޯޝަނަށް ލިބުނު ތަރުހީބާއެކު އިތުރު އިނާމުތަކެއް ދޭން ރެޑްވޭވުން ނިންމައިފި އެވެ.

ރެޑްވޭވުން ބުނި ގޮތުގައި މި އަންނަ އާދިއްތައިން ފެށިގެން ކޮންމެ ހަފްތާއަކު 200 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަން އެއް ހިންގާނެ އެވެ. މިޕްރޮމޯޝަންގެ ތެރޭ، ރެޑްވޭވްގެ "ހަފްތާސޭލް" ކުރިއަށްދިޔަ ގޮތަށް ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްގުވާ ތިންފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެއް ވަނަ އަށް 5،000 ރުފިޔާ އާއި ދެ ވަނަ އަށް 3،000 ރުފިޔާ އަދި ތިން ވަނަ އަށް 2،000 ރުފިޔާ ދޭން ވަނީ ރެޑްވޭވުން ނިންމާފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ 10 ނޮވެމްބަރ 2019 އިން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށެވެ.

މީގެ އިތުރުންވެސް ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500 ރުފިޔާ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަސް ފަރާތަށް 10،000 ރުފިޔާ ލިބެ އެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބެ އެވެ.

ރެޑްވޭވްގެ އަހަރީ ބާޒާރުގައި އާ ބްރޭންޑުތައް މިހާރުވަނީ ތައާރަފު ކޮށްފަ އެވެ. އެގޮތުން، ގަލަންޒް ބްރޭންޑްގެ އެއަކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ހިމެނެ އެވެ.