ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ، އޭޝިއާ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާން ބަލި ކޮށްފި އެވެ.
ރާއްޖެއިން މެޗު ކާމިޔާބު ކުރީ، 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކުރީ ދިވެހި ޓީމެވެ. ރާއްޖެއިން އެ ސެޓް ކާމިޔާބު ކުރީ 26-24 ން ނެވެ.
އަނެއް ދެ ސެޓް ކިރިގިސްތާނުން ކާމިޔާބު ކުރުމުން ރާއްޖެއިން ކުރަން ޖެހޭ މަސައްކަތް އިތުރުވެގެން ދިޔަ އެވެ. ދެ ވަނަ ސެޓް ކިރިގިސްތާން ކާމިޔާބު ކުރީ 25-22 ންނެވެ. ތިން ވަނަ ސެޓް ރާއްޖެއަށް ގެއްލުނީ ބޮޑު ތަފާތަކުންނެވެ. އެ ސެޓް ގެއްލުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެވެ. ކިރިގިސްތާން ޓީމުން މެޗު ސެޓް ގެންދިޔައީ 25-14 އިންނެވެ.
ކުރިން ދިޔަ ދެ ސެޓްގައި ރާއްޖެއަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ހަތަރު ވަނަ ސެޓާ ކުރިމަތި ލި އެވެ. އެ ސެޓްގައި ކިރިގިސްތާން ކުޅުންތެރިންގެ ފޯކަސް ގެއްލިފައިވާތަން ފެނުނެވެ. ރާއްޖެއިން ސެޓް ކާމިޔާބު ކުރީ 18-15 އިންނެވެ. މެޗު ޑިސައިޑިން ސެޓްގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑު ހިތްވަރެއްލީތަން ފެނުނެވެ. އެ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 15-10 ންނެވެ.
މުބާރާތުގައި، މާދަމާ ރާއްޖެ ނުކުންނާނީ ބަންގުލަދޭޝް އާ ދެކޮޅަށެވެ.