ބ. އަތޮޅު މާޅޮހުގެ މެޖިސްޓްރޭޓް ކޯޓް ފަޅާލައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިއަދު ފުލުހަށް ހުށައެޅުމުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ވަގުން އެ ރަށުގެ ކޯޓަށް ވަދެ އެ ކޯޓުގައި ހުރި ލެޕްޓޮޕަކާއި ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެ ތިޖޫރީގައި ހުރި ފައިދާ އަދި ދެނެގަނެވިފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ގެންދަނީ އެ ވައްކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގައި ހަރަކާތްތެރިވަމުންނެވެ.