މޯލްޑިވްސް ޕޮލިސް ސާވިސް

ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ބަޔަކު އެ ކުއްޖާ ދަންޖެއްސީ ކަމަށް ކުއްޖާގެ އާއިލާއިން ތުހުމަތެއް ކުރާ ކަމަށް ބުނެ މީޑިއާގައި ބައެއް ޚަބަރު ފަތުރާފައިވާތީ އެވެ.

ހެންވޭރު ގެއެއްގައި ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުުހުން ބުނީ މަރުގެ އެ މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން އެ ކުއްޖާގެ މަރުގައި އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ނުވަތަ ގެއްލުމެއްޗވެސް ދީފައިވާ ކަމަށް ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ކުއްޖާގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާއިން ވެސް މީޑިއާއަށް އެފަދަ މައުލޫމާތެއް ހާމަކޮށްފައި ނުވާ ކަމަށް ފުުލުހުން ބުންޏެވެ.

"އަދި އާއިލާއިން އެއްވެސް ޝައްކެއް އުފަދާފައި ނުވާކަން ފާހަގަ ކުރަން،" ފުލުހުން ބުނެފައި ވެއެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެނދުނު އެވެ.