ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެމުންދާކަމުގެ ހުރިހާ މަންޒަރެއް ފެންނަމުންދާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ ރައީސް ސޯލިހަށް، ރައީސް ނަޝީދު ވެރިކަން ކުރެއްވި މުއްދަތަށް ވެސް ވެރިކަން ނުކުރެއްވޭނެ ކަމަށެވެ. -- ރައީސް ނަޝީދު ވަނީ ތިން އަހަރާ ދެމަހަށްވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައެވެ. ދެން އިސްތިއުފާ ދެއްވީ އެވެ. --
ތޯރިގް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދިފައިނުވާ ކަމަށެވެ. އަދި މި ވެރިކަން ހިފަހައްޓަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ވެރިކަން ވެއްޓިގެންދާނެ ކަމަށެވެ.
"ރައްޔިތުންނަށް ވައުދުވެ، އެ ވައުދު ނުފުއްދިއްޖެނަމަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިއްކަ ޖެހޭނެ. އެ ވެރިކަން މި އޮތީ ގަރުބަގަތްއިރު ބައިގެންގޮސްފައި. މިއަކުދެން ހިފަހައްޓާކަށް މާ ގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ. މިވެރިން މި ދަނީ ނިމެން. ވެރިން ނިމެންދާނެ ހުރިހާ މަންޒަރެއް މި ގައުމުން މިދަނީ ފެންނަމުން. އަޅުގަނޑަށް ހިއެއް ނުވޭ މި ހުޅަނގު މޫސުމުގެ ހަޅަ ނިމެންވާއިރަށް މި ވެރިކަން ދެން ހިފަހައްޓާލެވޭނެ ހެނެއް. އިރުވައިގެ ހަޅައަށްފަހު ރަނގަޅަށް އޮންނާނީ ފޮށައެއްހެން ތަޅާލާފައި. ވެރިކަން އޮންނާނީ ނިމިފައި." ތޯރިގް ވިދާޅުވި އެވެ.
ރައްޔިތުންނަށް ވައުދުވެ، އެ ވައުދު ނުފުއްދިއްޖެނަމަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިއްކަ ޖެހޭނެ. އެ ވެރިކަން މި އޮތީ ގަރުބަގަތްއިރު ބައިގެންގޮސްފައި. މިއަކުދެން ހިފަހައްޓާކަށް މާ ގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ. މިވެރިން މި ދަނީ ނިމެން. ވެރިން ނިމެންދާނެ ހުރިހާ މަންޒަރެއް މި ގައުމުން މިދަނީ ފެންނަމުން. އަޅުގަނޑަށް ހިއެއް ނުވޭ މި ހުޅަނގު މޫސުމުގެ ހަޅަ ނިމެންވާއިރަށް މި ވެރިކަން ދެން ހިފަހައްޓާލެވޭނެ ހެނެއް. އިރުވައިގެ ހަޅައަށްފަހު ރަނގަޅަށް އޮންނާނީ ފޮށައެއްހެން ތަޅާލާފައި. ވެރިކަން އޮންނާނީ ނިމިފައިއަހުމަދު ތޯރިގް | މަހިބަދޫ ދާއިރާގެ މެންބަރު
ތޯރިގް ވިދާޅުވީ ރައީސް ސޯލިހަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދު ޝަނާ ކިޔަމުންދިޔަ ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށެވެ. އެ މެންބަރުނަކީ ބަޖެޓް ފާސްވަންދެން ތިއްބެވި ބައެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މެންބަރުންގެ ދާއިރާތަކަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނާ، އެ ބަޖެޓް ފާސްވުމުން ރައީސް ސޯލިހް ދޫކޮށްލައްވާފައި ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު އެ ދައުުރުގެ ބާކީ ދުވަސްކޮޅު ވެރިކަން ކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމެކޭ މިހާރު މި އޮތް ވެރިކަމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ. ތޯރިގް ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަން ދަމަހައްޓަން ޖެހުނީ ވެސް އޭރުގެ އިދިކޮޅު ޕާޓީތަކުން ކަމަށާ އެމަނިކުފާނުގެ އެއްވެސް މެންބަރެއް މަޖިލީހުގައި ނެތް ކަމަށެވެ. ރައީސް ސޯލިހަށްވެސް ދެން ޖެހިވަޑައިގަންނަވާނީ އެފަދަ ދުވަސްތަކަކާއި ކުރިމަތިލެއްވުމަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ތޯރިގް ވިދާޅުވީ ރައީސް ސޯލިހަކީ ހަމައެކަނި އިންތިޚާބުވެފައިވާ ވެރިއެއްކަމަށާ އެނޫން ބާރެއް އެމަނިކުފާނަށް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ހާލަތު ނިޔާކުރި ގޮތުން ވެރިކަން ލިބުނު ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.