ވިޔަފާރި

ގާނޫނާ ހިލާފަށް މާލީ ވިޔަފާރިކޮށްފިނަމަ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއެކު ޖަލަށް!

Aug 18, 2015

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ވަކި ބާވަތެއްގެ ބޭންކު ނޫން މާލީ އިދާރާއަކުން އެކަނި އަމަލުކުރަން ޖެހޭ ހާއްސަ ގަވައިދުތަކާއި، ޖުމްލަކޮށް ހުރިހާ ބޭންކު ނޫން މާލީ އިދާރާތަކުން އަމަލުކުރަން ޖެހޭ އާއްމު ގަވާއިދު މި އޮތޯރިޓީ އަށް ނެރެވިދާނެ އެވެ. މި ގާނޫނުގެ ދަށުން ލައިސަންސް ނެތިއެއްވެސް ފަރާތަކުން ބޭންކު ނޫން މާލީ ވިޔަފާރިއެއް ކުރުމަކީ ކުށެކެވެ.

މީގެ އިތުރުން ހުއްދަ ނެތި އެއްވެސް ފަރާތަކުން ބޭންކު ނޫން މާލީ ވިޔަފާރި ކުރުމަކީ ކުށެކެވެ.

މި މާއްދާގެ (ކ) ގައިވާ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 75000ރ. އާއި 750،000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކޮށް، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތައް ޖަލަށްލުން

މަރުކަޒީ ބޭންކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ބޯޑުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އެމްއެމްއޭގެ މުވައްޒަފުންނަށް ލޯނު ދޫކުރެވޭނެ އެވެ.

ދިރިއުޅުމުގެ ބޭނުމަށް ގެއެއް ނުވަތަ ފްލެޓެއް ގަތުން

މުވައްޒަފާއި މުވައްޒަފުންގެ އާއިލާ ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް ނުވަތަ ދިރިއުޅޭ ތަން މަރާމާތު ކުރުން

މުވައްޒަފުން ނުވަތަ މުވައްޒަފުންގެ ދަރިން މަތީ ތައުލީމް ހާސިލް ކުރުމަށް

ޖަމާކުރަން ވާނީ ހުއްދަ ދެވިފައިވާ ރައުސުލްމާލާ އާއްމު ރިޒާވް އެއްވަރު ވަންދެއް އެއަށްފަހު، ހުއްދަ ދެވިފައިވާ ރިޒާވް އެއްވަރު ވަންދެން ކޮންމެ އަހަރަކު ސާފު ފައިދާގެ 25 ޕަސެންޓް އާއްމު ރިޒާވަށް ޖަމާކުރުން