ހަބަރު

ބަލި މީހަކު ރޭޕްކުރަން އުޅުނު މައްސަލައެއް ބަލަނީ

Nov 12, 2019
1

ދަރުމަވަންތަ ހޮސްޕިޓަލްގައި ހިދުމަތްދޭ ފިޒިއޮތެރަޕިސްޓަކު، ބަލި މީހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެ ތަނަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެން ކުއްޖެކެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތު ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އިންޑިއާގެ 28 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު މިހާތަނަަށް މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ޕްރިިންސިޕަލަކު ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.