ހަބަރު

ކޮމެޑީ ރޯލުތައް ކުޅުނު އައިސްތު މަރުވެއްޖެ

ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި ކޮމެޑީ ރޯލުތަކުން ފެނުނު އައިޝަތު ރަޝީދާ (އައިސްތު) އިއްޔެ މަރުވެއްޖެ އެވެ.

އޭނާ އަކީ ފިލްމުތަކާއި އިޝްތިހާރުތަކުގައި ހެއްވާ ރޯލްތައް ކުޅެގެން ވަރަށް ބޮޑު މަޝްހޫރުކަން ހޯދި ފިލްމީ ފަންނާނެކެވެ. އަދި ހާއްސަ ގޮތެއްގައި ޔޫސުފް ރަފީއު (ޔޫސޭ)، ރޯދަ މަހު ގެނެސްދޭ ޑްރާމާ "ދިރިއުޅުމަކީ މިއީބާ؟" ގައި އޭނާ ކުޅުނު “އައިޝް”ގެ ރޯލުތައް ބެލުންތެރިންގެ މެދުގައި މަގުބޫލުވި އެވެ.

އެނގިފައިވާ ގޮތުގައި، އައިސްތު މަރުވީ އިންޑިއާގެ ޓްރިވެންޑްރަމަށް ސިއްހީ ފަރުވާއަށް ގޮސް އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން އައިސްތު ވަނީ އެކި ކަހަލަ ޓީވީ އިޝްތިހާރުތައްވެސް ކުޅެފަ އެވެ. އަދި މަންމައެއްގެ ގިނަ ރޯލުތައް ކުޅެ މަގުބޫލުކަން ހޯދި އެވެ.