ބޮލީވުޑް

ކުޅެވުނީތީ އަނިލް ހިތާމަކުރާ ފިލްމެއް އެބައޮތްތަ؟

Nov 13, 2019

އަނިލް ކަޕޫރު ފިލްމު ކުޅޭތާ 30 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. މިހާ ގިނަ ދުވަހު ފިލްމުތަކުގައި މަސައްކަތްކުރާއިރު ކުޅެވުނު ހުރިހާ ފިލްމަކާ މެދު ހިތްހަމަޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް 36 އަހަރުގެ ދިގު ފިލްމީ ކެރިއަރުގައި ކުޅުނު 100 އަށް ވުރެ ގިނަ ފިލްމުގެ ތެރޭގައި އަނިލް ހިތާމަކުރާ ވަރުގެ އެއްވެސް ފިލްމެއް ނެތެވެ.

ދާދިފަހުން އަނިލް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ކެރިއަރުގައި ހިތާމަކުރާ ވަރުގެ އެއްވެސް ފިލްމެއް ނެތެވެ. ބައެއް ފަހަރު ފިލްމެއް ކުޅޭއިރު މީހުންނާ ބައްދަލުވެ އެކުވެރިކަން ބަދަހިވެ އެވެ. ކުޅެން ބޭނުންވެގެން ވަރަށް ގިނަ ފިލްމު ކުޅެފައި ހުންނާނެ ކަމަށް އަނިލް ބުންޏެވެ.

ނަމަވެސް ހުރިހާ ފިލްމެއް ކާމިޔާބު ނުވިޔަސް އަނިލްގެ ޝަކުވާއެއް ނެތެވެ. ބައެއް ފިލްމުތައް އޭނާ ކުޅެފައިވަނީ ގުޅުންތައް ދެމެހެއްޓުމުގެ ގޮތުންނެވެ. އަނެއް ބައި ފަހަރު ކުރިން ނުދާ ގައުމުތަކަށް ދިއުމުގެ ފުރުސަތު ލިބޭތީ އެވެ. ބައެއް ފަހަރު ލިބޭ ފައިސާ ގިނަ ވީމަ ފައިސާކޮޅުގެ ބޭނުމުގަ އެވެ.

އެއްވެސް އިރެއްގައި ވަކި މީހަކާ ވާދަ ކުރުމުގެ ވިސްނުމެއް އަނިލް ނުގެންގުޅެ އެވެ. އަނިލް ބުނި ގޮތުގައި ގިނަ ފަހަރަށް އޭނާ ފިލްމުތައް ކުޅެފައި ހުންނާނީ ފައިސާ ދަތިވެގެންނެވެ. ޚާއްސަކޮށް ކެރިއަރުގެ ކުރީކޮޅުގެ ފިލްމުތައް އަނިލް ގިނައިން ކުޅުނީ އޭނާގެ މާލީ ހާލަތު ގޯސް ވެގެންނެވެ.

އަނިލް މިހާރު ތައްޔާރުވަމުންދަނީ އޭނާ އެންމެ ފަހުން ކުޅުނު "ޕާގަލްޕަންތީ" ގެ ޕްރޮމޯޝަން މަސައްކަތަށެވެ. އަނީސް ބަޒްމީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި އަނިލްގެ އިތުރުން ޖޯން އަބްރަހަމް އަދި އިލައިނާ ޑިކްރޫޒް ބައިވެރިވެ އެވެ. އަދި ކަރަން ޖޯހަރްގެ "ތަޚްތު" ގައި ވެސް އަނިލްގެ މުހިއްމު ރޯލެއް ހިމެނެ އެވެ.