ހަބަރު

ޖަޕާނުން ރާއްޖެއަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފި

Nov 16, 2019
1

ޖަޕާން ސަރުކާރުން ރާއްޖެއަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފި އެވެ.

ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ކުރި ޓުވީޓެއްގައި ބުނީ ޖަޕާން ސަރުކާރުން އަލިފާން ނިއްވާ އުޅަނދެއް ހަދިޔާ ކުރީ ދަ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ހަދިޔާ ކުރި އުޅަނދެއް ކަމަށެވެ.

އެންޑީއެމްއޭ އިން ކުރި ޓްވީޓު

ރޭ ވަނީ އެ އުޅަނދު ކަސްޓަމްސް އިން ނެރެފަ އެވެ. އަދި ރަސްމީކޮށް ސިފައިންނާ ހަވާލު ކުރާނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް އެންޑީއެމްއޭއަށް ތަފާތު ގިނަ އެހީތައް ފޯރުކޮށްދެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިތުރު އެހީތަކެއް ވުމަށް ޖަޕާންގެ ސަފީރު ކެއިކޯ ޔަނާއި އާއި އެންޑީއެމްއޭއާއެކު ވަނީ މަޝްވަރާކޮށް އެއްބަސްވެފަ އެވެ.