އަވަހާރަކޮށްލާފައިވާ ކުރީގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް މިއަދު ރައްޔިތުން މަޖިލީހުގައި އާންމު ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޖަލްސާގައި އިއްވަވާނެ ކަމަށެވެ.
ދެހާސް ބާރަވަނަ އަހަރު އަވަހާރަ ކޮށްލި އަފްރާޝީމް މަރާ ގުޅޭ ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހާ ހިއްސާ ކުރެއްވީ ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލާއި ކައުންޓަ ޓެރަރިޒަމް ޔުނިޓާއި އޭޖީ އާއި އަދި މަޖިލީހަށެވެ.