މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ދޮށީ އުމުރުގެ މީހުނާބެހޭ އެކްޝަން ޕްލޭން އިފުތިތާހުކޮށްފި

Nov 18, 2019
1
ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭން މިއަދު ފަސްޓްލޭޑީ ފަޒްނާ އިފްތިތާހު ކޮށްދެއްވަނީ
0%
0%
0%

ދޮށީ އުމުރުގެ މީހުނާބެހޭ ގައުމީ އެކްޝަން ޕްލޭނެއް މިއަދު އިފުތިތާހު ކޮށްފި އެވެ. އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ އެ އެކްޝަން ޕްލޭން އިފްތިތާހު ކުރި އިރު ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހަކީ މާމަ ކާފަގެ ދުވަހުގެ ގޮތުގައި ހަމަޖައްސާފައި ވެއެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ އަޅާލުމާއި ރައްކާތެރިކަމާއި، ދުޅަހެޔޮ ސިއްހަތާއި މުޖުުތަމައުގެ ބައިވެރިވުން ދޮށީ އުމުރުގެ މީހުންނަށް ލިބެންޖެހޭނެ ކަމަށާއި އެކަންކަން ހިމެނޭ ގޮތަށް ގައުމީ އެކްޝަން ޕްލޭނެއް މިއަދު ގާއިމުވެގެން ދިޔުމަކީ ވަރަށް ބޮޑަށް އުފަލެއް ކަމަށެވެ.

މިނިސްޓަރު ޝިދާތާ މިއަދު ވާހަކަފުޅު ދައްކަވަނީ

ޝިދާތާ ވިދާޅުވީ މާމައިންނާއި ކާފައިންގެ ދުވަސް އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތެރޭގަ އެހާ ފަރިތަ ކަމަކަށް ނުވެދާނެ މާމައިންނާއި ކާފައިންނަށް ހާއްސަ ދުވަހެއް ފާހަގަ ކުރުން މިއީ. އެހެން ނަމަވެސް ގަބޫލު ކުރެވެންޖެހޭނެ އެއީ މުހިންމު ކަމެއް ކަން،" އޭނާ ވިދާޅުވި އެވެ.

ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަލްވީން | އަވަސް

ޖެންޑާ މިނިސްޓްރީން ބުނީ އެކްޝަން ޕްލޭނުގެ ތަސައްވުރަކީ، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި ވެއްޓެއް ހޯދައި ދިނުމާއި ދޮށީ އުމުރުގެ މީހުންނަކީ މުޖުތަމައުގައި ބައިވެރިވާ ބަޔަކަށް ހެދުމާއި، ދުޅަހެޔޮ ސިއްހަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ ބަޔަކަށް ހެދުން ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާރޫން

ދޮށީ އުމުގެ މީހުންނައް ބެހެން ކީއްވެތަ ތިއުޅޭނީ، ޓައިޓަލް ކިޔާލާފަ ހަމަ ހެވުނީ. ސޮރީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345