އިލެކްޝަންސް ކޮމިޝަން

"ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

"ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ "ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ މާފަންނު ހުނަރު، އަލީ ޝުޖާއުއަށް ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް ނުވަ ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީ އެވެ. އަދި 10 ވަނަ ޕާޓީއެއްގެ އެމްއާރްއެމްއަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

މިހާރުވެސް އިތުރު ޕާޓީތަކެއް އުފެއްދުމަށް ހުއްދަ ވަނީ ދީފައެވެ.