ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓް ޗެމްޕިއަންޝިޕްގެ ސިންގަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދު ރައްޒާގް އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދައިފި އެވެ.
އަންހެން ސިންގަލްސްގެ ފައިނަލުގައި ނަބާހާ ވާދަ ކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހްމަދު ނަޖީބު އާއެވެ. ދެ ސެޓްވެސް ނަބާހާ ކާމިޔާބު ކުރީ 21-14 އިންނެވެ. ފިރިހެން ސިންގަލްސް ފައިނަލު ޒަޔާން ކާމިޔާބު ކުރީ ނިބާލް އަހްމަދު ބަލި ކުރުމަށް ފަހު އެވެ. ޒަޔާން މެޗު ކާމިޔާބު ކުރީ 16-21، 21-13 އަދި 21-10 ންނެނެވެ.
އަންހެން ސިންގަލްސް ތިން ވަނަ ހޯދީ އާމިނަތު ޝަހްރުނާޒް އާއި އާމިނަތު ނަބީހާ އަބްދު ރައްޒާގް އެވެ. ފިރިހެން ސިންގަލްސް ތިން ވަނ ހޯދީ އަހްމަދު ތޯއިފް އާއި މުހައްމަދު އާކިފް އެވެ.
ޒަޔާން އާއި ނަބީހާ ވަނީ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. މިކްސް ޑަބަލްސް ފައިނަލު އެ ޕެއާ ކާމިޔާބު ކުރީ ނިބާލް އާއި މައިސާ ފަތުހުﷲ ގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.
ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ. އަންހެން ޑަބަލްސް ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ މާޝާ ރަޝީދު އާއި އާމިނަތު އަލީ ބަލި ކުރުމަށް ފަހު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން ޝަހީމް އާއި މުހައްމަދު ހިޝާމް ސަލީމްގެ ޕެއާ އެވެ. ޑަބަލްސް ޗެމްޕިއަން އަހްމަދު ތޯއިފް އާއި ޒަޔާން ބަލި ކުރުމަށް ފަހު އެވެ.