ހަބަރު

މާރާމާރީއާ ގުޅިގެން ތިނަދޫ އިން ބަޔަކު ހައްޔަރު ކޮށްފި

ގދ. ތިނަދޫގައި ރޭ ހިނގި މާރާމާރީ އާގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ 11:00 ހާއިރު ތިނަދޫގައި 25 އަހަރުގެ ފިރިހެނެއްގެ އަތަށް ދެމީހަކުވެގެން ވަޅިން ހަމަލާދީ ޒަހަމްކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ ތިނަދޫ އިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ ރޭ ފުލުހުންގެ ވެހިކަލްގައި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާ އަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޒަހަމްވި މީހާއާ ގުޅޭ މައުލޫމާތެއް އަދި މިހާތަނަށް ހޮސްޕިޓަލުން ލިބޭ ގޮތް ވަނީ ނުވެފަ އެވެ.