ސްކޫލް

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ފޮތްތައް ހަވާލުކޮށްފި

Nov 21, 2019

ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އަންނަ އަހަރަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ވައުޗަރުތައް ދަރިވަރުންނާއި މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަނުން ބުނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ނިޒާމަކުން ފޮތް ހަވާލު ކުރުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން ދުރާލާ އެ މަސައްކަތްކޮށް ރާއްޖޭގައި ހިންގާ 213 ސްކޫލްއަށް މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ފޮތްތައް ފޮނުވާފައިވާ ކަމަށެވެ.

އަދި ބުނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ފޮތްތައް މިއަދާ ހަމައަށް ދަރިވަރުންނާއި ވަނީ ހަވާލުކޮށް ނިމިފައިވާ ކަމަށާއި ފޮތްތަކުގެ ތެރޭ ހިމެނެނީ ނޭޝަނަލް ކަރިކިއުލަމްގެ ދަށުން އަންނަ އަހަރު ދަރިވަރުން ކިޔަވަން ބޭނުންވާ ޓެކްސްޓް ފޮތްތައް ކަމަށެވެ.

ދިރާސީ އަހަރުނިމުމާ ގުޅިގެން މިނިސްޓަރ ޑރ. އައިޝަތު އަލީ މިއަދު ދެއްވި ޚިތާބުގައި، ދިރާސީ އަހަރު ނިމިގެން ދިޔައީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ އެއްގޮތަށް ހާސިލު ކުރަން ޖެހޭ އެންމެހާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލް ކުރެވިފައިވަ ކަމަށެވެ.

ބޮޑު ޗުއްޓީއަށް ފަހު އަންނަ އަހަރު ސްކޫލްތައް ދެން ހުޅުވޭނީ އަންނަ ޖެނުއަރީމަހުގެ 12 ވަނަ ދުވަހު އެވެ.