މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެކުނު ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަޝިޕް ވޯކްޝޮޕެއް

ދެކުނު އަތޮޅުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ލީޑާޝިޕް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ދެކުނު ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ކަމަށެވެ.

ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހު އައްޑޫ ސިޓީގައި ހުންނަ ހައި ސްކޫލުގަ އެވެ.

މި ސެޝަން ނަގައިދީފައިވަނީ މެލޭޝިއާގެ ސެގި ޔުނިވާސިޓީންނެވެ.

މިނިސްޓްރީން ބުނީ ވޯކްޝޮޕްގައި ސްކޫލު ހިންގުމުގައި ބޭނުންކުރާ ޒަމާނީ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މައުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަންކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.

މި ވޯކްޝޮޕްތަކަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަދި ރާއްޖެއިން ބޭރު ޔުނިވާސިޓީތައް ގުޅިގެން ހިންގާ ސިލްސިލާ ވޯކްޝޮޕްތަކެކެވެ.

މިނިސްްޓްރީން ބުނީ ވޯކްޝޮޕްގެ މި ބުރުގައި ގއ، ގދ، ސ އަދި ޏ އަތޮޅުގެ ސްކޫލުތަކުން ޖުމްލަ 30 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.