ދުނިޔެ

ގޮތަބަޔާގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖްޕަކްސާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން އެ ގައުމުގެ ހައި ކޯޓުން ނިންމައިފި އެވެ. ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން ލަންކާގެ ހައި ކޯޓުން ވަނީ ގޮތަބަޔަގެ ޕާސްޕޯޓް ވެސް ކުރީން ވަނީ ހިފަހައްޓަން އަމުރު ކޮށްފަ އެވެ.

ގޮތަބަޔަގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަށް ނުބަލަން ކޯޓުން ނިންމީ، ގޮތަބަޔަ ރައީސް ކަމުގެ މަގާމަ ހަވާލުވެ ވަޑައިގަތުމާ ގުޅިގެންނެވެ. މިހާރު ކޯޓުން ވަނީ ގޮތަބަޔަގެ ޕާސްޕޯޓު ވެސް އަނބުރާ ހަވާލު ކުރަން އަމުރު ކޮށްފަ އެވެ.

ލަންކާގެ ގާނޫނުގައިވާ ގޮތުން، ރައީސަށް ލިބި ވަޑައިގަންނަވާ އިމްތިޔާޒްތަކުގެ ތެރެއިން، ރައީސް ކަމުގެ މުއްދަތުގައި ރައީސާ ދެކޮޅަށް އެއްވެސް މައްސަލައެއް ކޯޓަކުން ނުބެލޭނެ އެވެ. ނަމަވެސް ރައީސް ކަމުގެ މަގާމުން ވަކިވާ ދުވަހުން ފެށިގެން މައްސަލަތަައް ބެލޭނެ އެވެ.

ގޮތަބަޔަގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައަކީ، ދައުލަތުން 185،000 ޑޮލަރު ނަންގަވައި، އެ ފައިސާއަށް އެމަނިކުފާނުގެ މައިންބަފައިންގެ ހަނދާނުގައި ބިނާއެއް ހެއްދެވި މައްސަލަ އެވެ. މި މައްސަލަ ބަލާފައިވަނީ، ކޮރަޕްޝަންގެ މައްސަލަތަށް ބެލުމުގެ ގޮތުން އުފެއްދި ކޯޓަކުންނެވެ. މި މައްސަލައިގައި ގޮތަބަޔާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.