ހަބަރު

ޓްރީޓޮޕްގެ ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް

Nov 26, 2019
2

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބުނެފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ހިތާނީ ކޭމްޕް އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާ، މިހާތަނަށް 200 އަށްވުރެ ގިނަ ކުދިން ހިތާނު ކުރަން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

"މިހާރު ވެސް އަންނަނީ ރަޖިސްޓްރީ ކުރަމުން. މިހާތަނަށް ފަސް ދޮޅަހަށް ވުރެ ގިނަ ކުދިން ހިތާނު ކޮށްދެވިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

ޖެނުއަރީ ހަތް ވަނަ ދުވަހާ ހަމައަށް ފުރުސަތު

ބޮޑު ޗުއްޓީއާ ދިމާކޮށް ޓްރީޓޮޕުން ކުރިއަށް ގެންދާ ހިތާނީ ކޭމްޕް އޮންނާނީ މި މަހުގެ 16 އިން އަންނަ އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ހިތާނީ ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4،000 ރުފިޔާ އެވެ. އަދި ނަން ނޯޓުކުރުމަށް މިއަގުގެ 50 ޕަސެންޓު އެޑްވާންސްގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އެޑްވާންސް ދެއްކުމުން ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓާއި، އިތުރު މައުލޫމާތު ލިބެ އެވެ.

ހިތާނީ ޕެކޭޖުގައި ހިމެނެނީ:

  • އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރަށް ދެއްކުން
  • ލެބް ޓެސްޓުތަައް
  • ހޭނައްތާ ޑޮކްޓަރަށް ދެއްކުން
  • އޮޕަރޭޝަނަށް ބޭނުންވާ ބޭސް
  • އޮޕަރޭޝަނަށްފަހު ބޭނުންކުރާ ލުއި ކާނާ
  • ޙިތާނީ އޮޕަރޭޝަންގެ އަގު އަދި އެޑްމިޓްކުރުމުގެ އަގު
  • ހިތާނު ކުރުމަށްފަހު ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުން

ހިތާނު ކުރާ ކުދިންނަށް މި ދުވަސް ހާއްސަ ކުރުމަށްޓަކައި ކުޑަ ހަދިޔާއަކާއި، ޓްރީ ޓޮޕް ޓީޝާޓް އަދި ދިވެހި ފޭލި ކުދިންނަށް ހަދިޔާކުރުމުގެ އިތުރުން، އެ ހޮސްޕިޓަލުގެ ފަސްވަނަ ބުރި ވަނީ އެކަމަށް ހާއްސަކޮށް ތައްޔާރު ކޮށްފަ އެވެ. ހިތާނު ކުރާ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ތިން ދުވަސްފަހުން ޑޮކްޓަރަށް ދައްކަން ޖެހޭ އިރު މި ހިދުމަތް ޕެކޭޖްގެ ތެރެއިން ލިބެ އެވެ.

ޓްރީޓޮޕުގެ ހިތާނީ ކޭމްޕުގައި އޮޕަރޭޝަނަށް ހާއްސަ ފަސް ޑޮކްޓަރުން ބައިވެރިވެރިވެ އެވެ. މި ހާއްސަ ޑޮކްޓަރުގެ ޓީމުގައި ޑރ. މެހްމެތު އޯޑާ އާއި ޑރ. ޝައިލޭޝް އަދިކަރީ އާއި ޑރ. ޑިއޭގޯ ޒާޓާރިއަން އަދި ޑރ. އަބްދުﷲ އުބައިދުގެ އިތުރުން ޑރ. މައުމޫން އާސިމް ބައިވެރިވެ އެވެ. އަދި މި ކޭމްޕުގައި އެކަމަށް ހާއްސަ ނަރުހުންގެ ޓީމެއް ވެސް ހަރަކާތްތެރިވެ އެވެ.