ހަބަރު

މުހިޔުއްދީންގެ ދަރިވަރުން ކްރޮސްރޯޑަށް

ވިލިމާލޭ މުހިޔުއްދީން ސްކޫލްގެ ދަރިވަރުން އެނބޫދޫ ފަޅު، ކްރޮސްރޯޑުގެ މެއިން ޑިސްކަވަރީ ސެންޓަރަށް ޒިޔާރަތް ކޮށްފި އެވެ.

ކްރޮސް ރޯޑުން ބުނީ ރާއްޖޭގެ ފުރަތަމަ މެރިން ޑިސްކަވަރީ ސެންޓަރަށް މުހިޔުއްދީން ސްކޫލްގެ 18 ދަރިވަރަކު ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެ ދަތުރުގައި އެ ދަރިވަރުން ރާއްޖޭގެ ސަގާފަތާބެހޭ ގޮތުން އަހުލުވެރި ކުރުމަށް ތަފާތު މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ދަރިވަރުންނަށް ރާއްޖޭގެ އާޓާއި ކްރާފްޓާއި މެރިން ލައިފާ ބެހޭ މައުލޫމާތު ވެސް ދިނެވެ. މީގެ އިތުރުން މުރަކަ އިންދާނެ ގޮތާއި އޭގެ ފައިދާތަކާބެހޭ ފިލާވަޅު ތަކެއް ނަގައި ދިނެވެ.