ހަބަރު

ޑިފެންސް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަދީބާ ހަވާލު ކޮށްފި

Jan 4, 2015

ޑިފެންސް މިނިސްޓްރީ ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ވަގުތީ ގޮތުން ހަވާލު ކުރައްވައިފި އެވެ. 

ރައީސް އަބްދުﷲ ޔާމީން އަދީބާ ޑިފެންސް މިނިސްޓްރީ ހަވާލު ކުރެއްވީ ޑިފެންސް މިނިސްޓަރު ނާޒިމް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅެއްގައި ވަޑައިގަތުމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ޑީފެންސް މިނިސްޓަރު ނާޒިމް އަމިއްލަފުޅު ދަތުރެއްގައި ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނާ ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވާ ހެލްތު މިނިސްޓްރީ އިތުރު ބޭފުޅަކާ ހަވާލު ކުރައްވާފައި ނުވާ ކަމަށާއި އެ މިނިސްޓްރީއަކީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުގައި އޮތް މިނިސްޓްރީއެއް ކަމަށެވެ. 

މިނިސްޓަރު ނާޒިމް މިއަދު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.